ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ފެށިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށާއި އެހެންވެ އާ ޓާމިނަލުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ އެ ދެ ބޭފުޅުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާާޅުވީ އާ ޓާމިނަލަކީ ވަރަށް ބުރަ މަސައްކަތުން ނިމުނު ތަނެއް ކަމަށެވެ. ރައީސް ވިދާޅުވީއެ މަޝްރޫއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
”ދެ ސަރުކާރެއްގެ ބުރަ މަސައްކަތް މީގައި ހިމެނޭ. މިއަދާ ހަމައަށް، އަޅުގަނޑުމެންނާ ހަމައަށް މަސައްކަތް ހަވާލުވީއިރު އެ ހިސާބަށް ގެނައުމުގައި،“ ރައީސް ވިދާޅުވި އެވެ.
”މި މަސައްކަތް ފެށިގެން އައީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށްވާތީ އެ މަނިކުފާނަށާއި، އެއަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށްވާތީ މި ދެ ރައީސުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.“
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ 60 ވަނަ ފަޚުރުވެރި މިނިވަން ދުވަހާ ގުޅިގެން އާ ޓާމިނަލް ހުޅުވީ އެއީ އިގްތިސޯދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަށްވާތީ ކަމަށެވެ.
ރައީސް ވިދާޅުވީ އައު ޓާމިނަލަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

5 Comments
ގުޅުންހުރި
ރައީސް ގޮތް ނިންމަވައިފި، ކުރީގެ ރައީސުންނާއި މެންބަރުންގެ އިނާޔަތް ކުޑަކުރަނީ
4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން މާދަމާ ފަށަނީ
ހަމަލާ ދިނުމުގެ ކުރިން ވައިޓްހައުސްއިން އިންޒާރު ދިންކަމަށް ބުނާ ބުނުން ގަތަރުން
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށައިފި،
”ކަނބުލޮ“ ކާމިޔާބު ކޮށްފި! މި ހަފްތާ ބަންދުގައި އެކަނިވެސް 56 ޝޯ
އަލީބާބާގައި މުދާ ވިއްކޭ ގޮތް ދިވެހިންނަށް ހަމަޖައްސައިދެނީ