ދިވެހި ވިޔަފާރިވެރިން ސްރި ލަންކާގައި އިންވެސްޓް ކުރަން ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ދައުވަތު ދެއްވައިފި އެވެ.
ޑިސަނަޔަކެ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދެއްވި ޖޮއިންޓު ސްޓޭޓްމަންޓުގައި، ވިދާޅުވީ، ލަންކާއިން މިހާރު ދަނީ ބޭރުގެ އިންވެސްޓަރުންނަށް މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް، ސިންގަލް ވިންޑޯ ނިޒާމެއްގެ މަސައްކަތްކުރަމުން ކަމަށެވެ.
އެއާއެކު ލަންކާގައި ގާއިމުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ ޕާކުތަކުގައި ދިވެހި ވިޔަފާރިތަކަށް ހުރި ފުރުސަތުތަކާބެހޭ މަޝްވަރާތައް ދިވެހި ސަރުކާރާއެކު ކޮށްފައިވާނެ ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.
”ހާއްސަކޮށް އައިޓީ/އޭއައި، ފިޝަރީޒް އެންޑް އެގްރޯ ޕްރޮސެސިން، ޓޫރިޒަމް، ރިއަލް އެސްޓޭޓް އަދި އުމްރާނީ ތަރައްގީގެ ދާއިރާއަށް އިންވެސްޓް ކުރުމަށް ދިވެހި ވިޔަފާރިވެރިންނަށް ދައުވަތު ދިނީމެވެ،“ ޑިސަނަޔަކެ ވިދާޅުވި އެވެ.
ލަންކާއާއި ރާއްޖޭގެ އިގްތިސޯދުގައި ޓޫރިޒަމަކީ މުހިންމު ދައުރެއް އަދާކުރާ ސިނާއަތަކަށްވާއިރު، އެކަމުގައި ދެ ގައުމުގެ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާބެހޭ ގޮތުން ވެސް ރައީސް މުއިއްޒާ އެކު މަޝްވަރާކުރައްވާފައިވާނެ ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ.
ޑިސަނަޔަކެގެ މި ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު ވަނީ ދެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ.




ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ