ޗައިނާގައި ދަރިން ހޯދަން ހިތްވަރު ދިނުމުގެ ގޮތުން އާއިލާތަކަށް ފައިސާ ދޭން ހުށަހަޅައިފިއެވެ. މިއީ ދަރިން ހޯދުން އިތުރުކުރަން ޗައިނާ ސަރުކާރުން މުޅި ގައުމަށް ހުޅުވާލި ފުރަތަމަ ސަބްސިޑީ ޕްރޮގްރާމެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޗައިނާގެ އާބާދީ ދަށްވާ މިންވަރު އަދިވެސް ދަނީ އަހަރުން އަހަރަށް ދަށްވަމުންނެވެ. އެކަމާއި ގުޅިގެން 1978 ވަނަ އަހަރު ޗައިނާގައި ތަންފީޒު ކުރަން ފެށި ’އެއް ދަރި‘ ސިޔާސަތު ވަނީ 2016 ވަނަ އަހަރު އުވާލައިފަ އެވެ. އެ ސިޔާސަތުގައި ޗައިނާ ސަރުކާރުން އޭރު ކަނޑައެޅީ ކޮންމެ ދެމަފިރިއަކުވެސް އެއް ދަރިއަށްވުރެ ގިނަ ކުދިން ނުހޯދުމަށެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުނެފައިވާ ގޮތުން ދަރިން ހޯދުން އިތުރުކުރަން ދޭން ފަށާ ސަބްސިޑީ ޕްރޮގްރާމް އާއެކު ދަރިންގެ ހަރަދުތައް ބެލެހެއްޓުމަށް 20 މިލިއަން އާއިލާއަށް އެހީތެރިކަން ލިބޭނެ އެވެ.
އެގޮތުން މި ސަބްސިޓީ ޕްރޮގްރާމްގެ ތެރެއިން ތިން އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް އަހަރަކު 3,600 ޔުއާން (503 އެމެރިކާ ޑޮލަރު) ދޭނެ އެވެ.
ދަރިން ހޯދުން އިތުރުކުރަން ޗައިނާގެ ބައެއް ސަރަހައްދުތަކުން މީގެ ކުރިންވެސް ވަނީ ސަބްސިޑީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މި އަހަރުގެ މާޗު މަހު ޗައިނާގެ އުތުރުގައި އޮންނަ ހޮހޮޓްގައި ދެމަފިރިން ހޯދާ ފުރަތަމަ ތިން ކުދިންނަށް, ކޮންމެ ކުއްޖަކަށް ސަބްސިޑީއެއްގެ ގޮތުގައި 10,000 ޔުއާން ހުށަހެޅި އެވެ.

8 Comments
ގުޅުންހުރި
މަޝްހޫރު ޔޫޓިއުބާ އަންކަލް ރޯޖާ، އާންޓީއެއް ހޯދައިފި
އެއް މަސް ނުފުރޭ ކުޑަކުއްޖަކު ދިރިހުއްޓާ ވަޅުލާފައި އޮއްވައި ސަލާމަތްކޮށްފި
ޖެން ޒީންގެ ރުހުމާއެކު ނޭޕާލުގެ ވަގުތީ ބޮޑުވަޒީރު ކަމަށް އެ ގައުމުގެ
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިން މަރާލާފައި އޮތް ކުޑަކުއްޖަކު ފެނިއްޖެ
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި