ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ އިއްޔެ މަރާލި މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނީ މޫސާ އިބްރާހީމްގެ ހަށިގަނޑު ރޭ މާލެ ގެނައީ ތަހުގީގަށް ބޭނުންވާ އިތުރު ތަހުލީލުތައް ހެދުމުގެ ގޮތުން ރޭގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ އަނިޔާވެގެން މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށާއި އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ ހެނދުނު 10 ޖަހާކަށްހާއިރު ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހައްޔަރުކޮށްފަ އެވެ.
އަދި ފުލުހުން ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ވަޅި މޫދުން ހޯދައިފަ އެވެ.



