މަަޝްރޫއުތަކުގެ ބިޑިން މަސައްކަތް ސަރުކާރު ނޫން ބަޔަކާ ހަވާލުކުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
’ރީބޫޓް މޯލްޑިވްސް’ގެ ނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ޕްރޮގްރާމްގައި ފައްޔާޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުތައް އަމާޒު ވަނީ ކޮރަޕްޝަން ހިންގާތީ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ސަރުކާރުތަކަށް ކޮރަޕްޝަންގެ ތުހުމަތުން ސަލާމަތްވެވޭނީ ޓެންޑަރިން އަދި ޕްރޮކިއުއަމަންޓް ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ކަމަށެވެ.
”މިއީ ދުނިޔޭގައި ވެސް ވަރަށް އާ ހިޔާލެއް. [އެކަމަކު] އަޅުގަނޑުގެ ހުށަހެޅުމަކީ ހަމަ އެއްކޮށް [ސަރުކާރާއި ޕްރޮކިއުއަމަންޓް ނިޒާމު] ވަކިކޮށްލުން. އަޅުގަނޑުމެންނަށް ކީއްތޯ އެވެނި މަސައްކަތެއް އެވެނި ބަޔަކާ ހަވާލުކޮށްގެނެއް،“ ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުން ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ މަޝްރޫއުތަކަށް ބަޖެޓް ހަމަޖައްސައިދިނުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ނަމަވެސް ރަށު ފެންވަރުގެ މަޝްރޫއުތަކުގެ ބަޖެޓް ކަނޑައެޅުން ކައުންސިލްތަކަށް ދޫކޮށްލުން މުހިންމު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ގުޅުންހުރި
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް
ދިޝާގެ ގެއަށް ބަޑި ޖެހި މީހުންނަށް ގައްޑާމީއެއް ނުވެވުނު، ފުލުހުންގެ އަތްދަށުވެ
ނޭޝަނަލް ސާވިސްގެ ފުރަތަމަ ބެޗުގައި ހިމެނޭ 340 ޒުވާނުން ތަމްރީނަށް ފުރައިފި
އަތޮޅު ކައުންސިލްތައް އުވާލާ ވާހަކައަކީ ދޮގެއް: ރައީސް
އެއާޕޯޓަގައި ގަވާއިދާ ހިލާފަށް ޑޮލަރުތަކެއް މާރުކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި
ޕާސްޕޯޓް ކާޑުގެ ހިދުމަތް މެދުކަނޑާލައިފި