ދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ކަނޑުވި ތިން މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އެ ދޯނީގައި ތިބި މީހުން ފަރުމަތީގައި ތިއްބާ ސަލާމަތްކޮށްފައިވާނެ ކަމަށެވެ.
އެއީ ”އަލްމަޖްރާ“ ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނި މ. ދިއްގަރު ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ހާލު ވެސް ރަނގަޅެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުންނެވެ.
ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން ބުނެއެވެ. ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.




ގުޅުންހުރި
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް