ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް މިއަދު މަގާމުން ދުރުކޮށްފި އެވެ.
އެމްއެމްއޭއިން ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
“އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން، 04 އޯގަސްޓު 2025 ވާ ހޯމަ ދުވަހުން ފެށިގެން، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމަށް އިސްމައިލް ސާޖިދުވަނީ އައްޔަނުކޮށްފައި.
ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމުގައި ކުރިން ހުރި އަލްއުސްތާޛް އަބްދު الله އަޝްރަފު، 31 ޖުލައި 2025 ގައި ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައި” އެމްއެމްއޭއިން ބުންޏެވެ.
އެފްއައިޔޫން ޝުޖާއުއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް ލީކޮށްފައިވަނީ ހަސަން ކުރުސީ އެކައުންޓުންނެވެ.
އެ ރިޕޯޓާ ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރިޕޯޓާ ގުޅޭ ކަންކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާގެ ކުންފުންޏާއި އޭނާ ހިއްސާވާ ކުންފުންޏެއްގެ މައްސަލަ ވެސް އެއްވެސް ފަރާތަކުން ބަލަމުންދާކަން އެނގިފައިނުވާ ކަމަށެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ