ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ)އާ ގުޅޭ ގޮތުން، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް އޭނާ މާލިއްޔަތު ކޮމިޓީން މިއަދު ވަކިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި އިންނެވި ޝުޖާގެ ބަދަލުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި، ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ބަދަލުގައި ޝުޖާ ވަނީ އެ ކޮމިޓީއަށް ހަމަޖައްސައިފައި ކަމަށެވެ.
ޝުޖާއު ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓެއް ލީކް ވެފައި ވަނިކޮށް, އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ވެރިއަކަށް ހުންނެވި އަބްދުﷲ އަޝްރަފް ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.
އެމްއެމްއޭއިން ވަނީ އެކަން މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
“އެމްއެމްއޭގެ ހިންގުން ހަރުދަނާކުރުމަށް ގެންނަމުންދާ ސްޓަރަކްޗަރަލް ބަދަލުތަކުގެ ތެރެއިން، 04 އޯގަސްޓު 2025 ވާ ހޯމަ ދުވަހުން ފެށިގެން، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމަށް އިސްމައިލް ސާޖިދުވަނީ އައްޔަނުކޮށްފައި.
ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ހެޑްގެ މަޤާމުގައި ކުރިން ހުރި އަލްއުސްތާޛް އަބްދު الله އަޝްރަފު، 31 ޖުލައި 2025 ގައި ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސަށް ބަދަލުކޮށްފައި” އެމްއެމްއޭއިން ބުންޏެވެ.
އެފްއައިޔޫން ޝުޖާއުއާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓް ލީކޮށްފައިވަނީ ހަސަން ކުރުސީ އެކައުންޓުންނެވެ.
އެ ރިޕޯޓާ ގުޅިގެން ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ރިޕޯޓާ ގުޅޭ ކަންކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭނާގެ ކުންފުންޏާއި އޭނާ ހިއްސާވާ ކުންފުންޏެއްގެ މައްސަލަ ވެސް އެއްވެސް ފަރާތަކުން ބަލަމުންދާކަން އެނގިފައިނުވާ ކަމަށެވެ.




1 Comment
ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ