ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ޝުޖާ)އަށް ތުހުމަތަކެއް ކުރެވޭ, ފައިނޭންޝިއަލް އިންޓެލިޖެންސް ރިޕޯޓުގެ މައްސަލަ ބަލަމުންދާތާ އަހަރެއް ވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
އޭސީސީން މިއަދު ބުނީ އެ ކޮމިޝަނުގެ ސަމާލުކަމަށް ރިޕޯޓް ލިބުނު އިރުން ފެށިގެން، ކޮމިޝަނުގެ އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލަ ބަލަމުންދާ ކަމަށެވެ.
ނަމަވެސް އެ މައްސަލައިގެ އިތުރު މައުލޫމާތެއް އޭސީސީން ހާމައެއް ނުކުރެ އެވެ.
”މިދިޔަ އަހަރުގެ ފަޅުކޮޅުން ފެށިގެން އެ މައްސަލަ ކޮމިޝަނުން އިސް ނަގައިގެން އަންނަނީ ތަހުގީގު ކުރަމުން،“ އޭސީސީން ބުންޏެވެ.
ޝުޖާއުއާ ގުޅޭގޮތުން އެފްއައިޔޫން ތައްޔާރުކޮށްފައިވާ މި ރިޕޯޓް ސޯޝަލް މީޑިއާގެ ސަމާލު ކަމަށް ގެނެސްފައިވަނީ ހަސަން ކުރުސީ ނަމުގައި ހިންގާ އެކްސް އެކައުންޓަކުންނެވެ.
އެ ރިޕޯޓު އާންމުވެފައިވަނިކޮށް އެމްއެމްއޭއިން ވަނީ ހިންގުން ހަރުދަނާ ކުރުމަށް ގެނައި ބަދަލެއް ކަމަށް ބުނެ އެފްއައިޔޫގެ ވެރިއާ މަގާމުން ދުރުކޮށްފަ އެވެ.
އެ ރިޕޯޓު އާންމުވެ ޝުޖާއުއަށް ގިނަ ތުހުމަތުތަކެއް އަމާޒުވުމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެންބަރު ކަމުން ޝުޖާއު ވަނީ ވަކިކޮށްފަ އެވެ.
ޝުޖާއުއާ ގުޅޭ އެ ރިޕޯޓުގެ މައްސަލަ ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.




19 Comments
ގުޅުންހުރި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް