އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އެމަގާމަށް އައްޔަންކުރަން ފެންނަކަމަށް އެ ނަން އިތުރަށް ދިރާސާކުރުމަށް ފޮނުވި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ފާސްކޮށްފި އެވެ.
ގަނީ އުއްތަމަފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރަން މަޖިލީހަށް ފޮނުވި މައްސަލަ ދިރާސާކުރަން މަޖިލިހުގެ ކޮމިޓީއަށް ފޮނުވީ މިއަދުއެވެ.
އެއީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވައިލި ފުރުސަތު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ތިން ބޭފުޅުންގެ ނަމާވެސް އެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.
އެ ތިން ބޭފުޅުންނާ ޖޭއެސްސީން އިއްޔެ ވަނީ އިންޓަވިއުކޮށްފައެވެ. އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލްގަނީ އަށެވެ.
އެހެންކަމުން މަޖިލީހަށް ފޮނުވި ލިސްޓްގައިވެސް ގަނީ އައްޔަންކޮށްދެެއްވުމަށް ރައީސް މުއިއްޒުވެސް ވަނީ އެދިވަޑައިގެންފައެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އުއްތަމަފަޑިޔާރުކަމުގެ މަގާމަށް ގަނީ އައްޔަންކުރަން ފެންނަކަަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވަމުން ފަރެސް ނާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވިދާޅުވީ، ކޮމިޓީއަށް އޮންނަކަމަކީ އެ މަގާމަށް އައްޔަންކުރަން ފޮނުވި ފަރާތުގެ ނަމާދޭތެރޭގައި ގޮތެއް ނިންމުންކަމަށެެވެ.
އެ ނަންތަކާއެކު ކޮމިޓީއަށް ފޮނުވި މައުލޫމާތުތަކާއި ލިއުންތަަކަށް ބަލާއިރު، އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެެރެއިން، ތައުލީމީގޮތުންނާއި ތަޖުރިބާގެގޮތުން މެއުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން އެންމެ ބޮޑަށް ޝަރުތު ފުރިހަމަވާ އަދި ގާބިލް ބޭފުޅަކީ ގަނީ ކަމަށާއި، ރައީސްވެސް އެދިވަޑައިގަންވަނީ އެގޮތަށްކަމުން އުއްތަމަ ފަޑިޔާރުކަމުގެ މަގާމަށް ގަނީ އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާކަމަށް ވިދާޅުވިއެވެ.
އަޝްރަފްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޒާއެވެ.
ގަނީގެނަން ފާސްކުރީ ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނެވެ.

ގުޅުންހުރި
ޔޫކޭ، ކެނެޑާ އަދި އޮސްޓްރޭލިއާ އިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި
ސަޓާ 2025: އެންމެ ގިނަ ގޯލްޑް އެވޯޑް ލަންކާ އަށް
ހުޅުމާލެއިން ރޭ ކަރަންޓް ކެނޑުނީ ސަބް ސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުން!
ފަރުވާ ދެމުންދިޔަ މެޑިކަލް ސްޓާފުންނަށް މަރުގެ އިންޒާރުދީ, ބިރު ދެއްކި މީހަކު
އަންނަ އަހަރުގެ ކުރީކޮޅު ކެޔޮދޫ ބިން ހިއްކަން ފަށައި, ޑޮލަރު އޭޓީއެމްއެއް
ތަކެތީގެ އަގުބޮޑު ކުރީ ވިޔަފާރިވެރިން، އެއީ ރާވައިގެން ގަސްތުގައި ކުރި ކަމެއް: