ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން 76 މާކްސް އަށް ވުރެ މަތިން ލިބުނު ބަޔަކަށް ފްލެޓް ނުދީ އެއަށްވުރެ ދަށުން 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފްލެޓް ކަނޑައަޅާފައިވާ މައްސަލަ ފެންމަތިވެއްޖެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބޭ މީހުން ކަނޑައެޅުމަށް 16 ނޮވެންބަރު 2023 ގައި ނެގި ގުރުއަތުލުމުގައި، 76 އަށް ވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި 76 އަށް ވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓް ކަނޑައަޅާފައިނުވަނީސް، 75 އަށް ވުރެ މަތިން މާކްސް ލިބުނު ބައެއް މީހުންގެ ގުރުއަތު ނަގައި އެ މީހުންނަށް ފުލެޓް ކަނޑައަޅާފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، 76 މާކްސް އަށްވުރެ މަތިން ލިބުނު މީހުންނަކީ ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ބަޔަކަށްވާތީ، އެ މީހުންނަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރްހަލާ ނިމުމުން، 75 މާކްސް ލިބުނު މީހުންގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
15 ނޮވެންބަރު 2023 ގައި ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފުލެޓް ލިބޭނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުންނަށެވެ.
އެ މީހުންނަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ މީހުންގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ދޭނެ ކަމަށް ބުނެފައިވެ އެވެ.
އަދި ފުރަތަމަ ބުރުގައި 2 ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް އެ އިއުލާނުގަައިވެ އެވެ.




6 Comments
ގުޅުންހުރި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި