ޣައްޒާގައި ފަސް އަހަރުން ދަށުގެ ހުރިހާ ކުޑަކުދިން ކާނާ ނުލިބި ބަނޑަށް މަރުވުމުގެ ބިރު އިތުރަށް ބޮޑުވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޣައްޒާއަށް ކާނާ ވެއްދުމަށް އިޒްރޭލުން ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގެ ކުޑަކުދިންނަށް ކާނާ ނުލިބި ޕެރަލައިޒްވުމުގެ ގިނަ މައްސަލަތަކެއް ދަނީ ރެކޯޑް ކުރެވެމުންނެވެ. އޭގެ އިތުރުން ޣައްޒާގައި ދިރިއުޅެމުން އަންނަ ފަސް އަހަރުގެ ކުޑަކުދިން މަލްނިއުޓްރިޝަންގެ ސަބަބުން މަރުވަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހު އެކަނިވެސް ޣައްޒާގައި ބަނޑަށް ޖެހިގެން ހަތަރު ކުއްޖަކު މަރުވެފައިވާއިރު، އެ ހާލުގައި މަރުވި ކުޑަކުދިންގެ އަދަދު ވަނީ 94 އަށް އަރައިފަ އެވެ. އަދި ބަނޑަށް ޖެހިގެން 87 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އދ. ގެ ”ވޯލްޑް ފުޑް ޕްރޮގްރާމް“ އިން ހާމަކުރާ ގޮތުގައި ޣައްޒާގައި ދިރިއުޅޭ 320،000 އަށް ވުރެ ގިނަ ކުދިން ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ ނުލިބި ވަނީ ހާލުގައި ޖެހިފަ އެވެ.




8 Comments
ގުޅުންހުރި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15