ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަޑުކޯންގެ އިންސްޓާގުރާމް ރީލްއަކަށް 1.9 މިލިއަން ވިއުސް ލިބި، އިންސްޓަގުރާމްގެ ތާރީހުގައިވެސް ރީލްއަކަށް އެންމެ ގިނަ ވިއުސް ލިބުނުކަމުގެ ރެކޯޑް ހޯދައިފި އެވެ.
ގިނަ ބަޔަކު ދަންނަ ހިޓްލަން އޮޓަލްގެ ’ގްލޯބަލް އެމްބެސެޑަރު’ގެ މަގާމު ދިޕިކާއަށް ދީފައިވާ އިއުލާންކޮށް ހަދާފައިވާ އެ ރީލް ވެގެން ގޮސްފައިވަނީ ދިޕިކާގެ ކެރިއަރުގެ ކާމިޔާބީތަކުގެ ތެރެއިން ކާމިޔާބީއަކަށެވެ.
އެގޮތުން މި ރެކޯޑާއެކު ދީޕިކާ މިވަނީ ހާރްދިކްގެ 1.4 ބިލިއަން ވިއުސް ހޯދި ރީލް އާއި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ރީލްއަކަށް ލިބުނު 503 މިލިއަންއަށް ވުރެ ގިނަ ވިއުސްގެ ރެކޯޑްވެސް މުގުރާލައިފަ އެވެ.
’ހޮލީވުޑް ވޯކް އޮފް ފޭމް‘ ގެ ތަރިއެއް ލިބުނު ފުރަތަމަ އިންޑިއާގެ އެކްޓަރުގެ ޝަރަފު ލިބިފައިވާ ދިޕިކާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ތަރިއެކެވެ.
އޭނާގެ އިންސްޓަގްރާމް އެކައުންޓް 80 މިލިއަން މީހުން ފޮލޯކުރާއިރު އެ އެކައުންޓަކީ އޭނާގެ ދިރިއުޅުމުގެ އެތައްކަމެއް ހިއްސާކުރާ އެކައުންޓެކެވެ. މިގޮތުން، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުން ފެށިގެން، އޭނާ ހިއްސާވާ ކުންފުނިތަކާއި އޭނާގެ އާއިލާގެ އެތައް ކަމެއް ސަޕޯޓަރުންނާ ހިއްސާކުރެ އެވެ.




1 Comment
ގުޅުންހުރި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި