ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މުގައްރިރުކަން ކުރައްވާ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން މިއަދު ވަކިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް މިއަދު ފައްޓަވައިދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ހަމަޖައްސާފައިވާ ކަމަށެވެ. ދެން ކޮމިޓީތަކަށް ގެނައި ބަދަލަކީ ޖުޑީޝަރީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމްގެ ބަދަލުގައި އެ ކޮމިޓީއަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ހަމަޖެއްސުމެވެ.
މަޖިލީހުން އިއްޔެގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ ޝުޖާއު މާލިއްޔަތު ކޮމިޓީން ވަކިކޮށް، އޭނާ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް އައްުޔަންކޮށްފައިވާކަން ވެސް އިއުލާނުކޮށްފަ އެވެ.
ޝުޖާއު، މަޖިލީހުގެ ކޮމިޓީތަކުން ވަކިކުރަމުންމިދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް އާންމުވެ، ޝުޖާއުއަށް ހިޔާނާތުގެ ތުހުމަތު ކުރެވެން ފެށުމުންނެވެ.
އެ ރިޕޯޓުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ.




5 Comments
ގުޅުންހުރި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް