ޅ. ނައިފަރުން ކުޑަކުއްޖަކު ގެއްލިގެން ހޯދާތާ ތިން ދުވަސް ވެއްޖެ އެވެ.
ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް، 15، ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.
އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުމަށް އެދިފަ އެވެ.
މީގެ ކުރިން ހަަމަ މި ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރި އެވެ. އޭރު ކުއްޖާގެ އުމުރަކީ 13 އަހަރެވެ. އެފަހަރު ވެސް ކުއްޖާ ގެއްލުނީ ނައިފަރުންނެވެ.

19 Comments
ގުޅުންހުރި
ޣައްޒާގައި 5 އަހަރުން ދަށުގެ ހުރިހާ ކުދިން ބަނޑަށް މަރުވުމުގެ ބިރު
ގަނީ، އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރުހުން ދީފި
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު، ”ކަނބުލޮ“ގެ ޓިކެޓް ވިއްކަން
ޓެކްސްތަކާ ބެހޭ ކުށްތައް ޖަލު އަދަބަށް ބޮޑުކޮށް، އިތުރު ބާރުތަކެއް މީރާއަށް
ޕެންޝަން ފަންޑުން ފުލެޓުތަކަށް ފައިސާ ދެއްކޭ ގޮތް ހަދަނީ
މުގައްރިރުކަން ކުރާ އެސްއޯއީ ކޮމިޓީން ވެސް ޝުޖާއު ވަކިކޮށްފި