މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިސް އިންް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
މެލޭޝިއާ އެއާލައިންސް އިން މިހާރު ދަތުރުތައް ބާއްވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން މާލެއަށް، ކޮންމެ ދުވަހަކު އެއް ދަތުރެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް އިތުރުކުރަން ނިންމާފައި މިވަނީ ފަތުރުވެރިކަމުގެ މޫސުމަށެވެ.
އެގޮތުން އަންނަ އޮކްޓޯބަރު 26 އަންނަ އަހަރުގެ މާޗްއާ ހަމައަށް މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ހަފުތާއަކު 11 ދަތުރު ކުރާނެ އެވެ. ކުއަލަ ލަމްޕޫރުން ސީދާ މާލެއަށް ބާއްވާ އެ ދަތުރުތަކުގައި ބޭނުންކުރާނީ 174 ގޮނޑީގެ މަތިންދާބޯޓުތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާ ދިމާކޮށް އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރެ އެވެ. އެގޮތުން މި އަހަރުގެ ފަތުރުވެރިކަމުގެ މޫސުމަށް ދަތުރުތައް އިތުރު ކުރަން ނިންމާފައިވާކަން ބައެއް އެއާލައިންތަކުން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭސް އަދި ކޮންޑޯ ހިމެނެ އެވެ. އޭގެ އިތުރުން ވާޖިން އެޓްލާންޓިކް އިން ލަންޑަނާއި މާލެއާ ދެމެދު ސީދާ ދަތުރުތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.




ގުޅުންހުރި
ވީއައިއޭގެ އާ ޓާމިނަލުން 5 މަސްތެރޭ 500،000 ފަސިންޖަރުންނަށް ހިދުމަތް ދީފި
މެދުއިރުމަތީގެ އެންމެ ބޮޑު އެއާލައިން، އެމިރޭޓްސްގެ ހުރިހާ ހިދުމަތެއް ޓާމިނަލް 1
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ