ނައިފަރުން ގެއްލުނު ކުއްޖާ ނައިފަރުން ފެނިއްޖެ

ނައިފަރުން ގެއްލިގެން ހޯދަމުންދިޔަ 15 އަހަރުގެ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ނައިފަރު މަގުމަތިން މިރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށް ފުލުން ބުނެފި އެވެ.

އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. އެ ކުއްޖާ ފެނުނީ ކޮން ތަނަކުން ކަމެއް އަދި އެ ކުއްޖާ ތިން ދުވަސް ވަންދެން އުޅުނީ ކޮން ތަނަކު ކަމެއް ފުލުހުން ނުބުނެ އެވެ.

މީގެ ކުރިން ހަމަ މި ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރި އެވެ. އޭރު ކުއްޖާގެ އުމުރަކީ 13 އަހަރެވެ. އެފަހަރު ވެސް ކުއްޖާ ގެއްލުނީ ނައިފަރުންނެވެ.