އަނިޔާވެރި ޔަހޫދީ އިޒްރޭލު ފަލަސްތީނުގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ ހަރަކާތުގެ ސަބަބުން ޣައްޒާގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 28 ކުއްޖަކު ޝަހީދުކޮށްލަމުން އަންނަ ކަމަށް އދ. އިން ބުނެފި އެވެ.
ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް އިޒްރޭލުން ދެކޮޅު ހަދަމުން އަންނައިރު، އިޒްރޭލުން ދަނީ ޣައްޒާއަށް އަދިވެސް ބޮން އަޅަމުންނެވެ. ބަނޑުހައި ހޫނުކަމާއި ހަނގުރާމައިގެ ސަބަބުން ޣައްޒާ އިން މިހާތަނަށް 18،000 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.
އެއީ، ކޮންމެ އެއް ގަޑިއިރެއްގެ ތެރޭގައި މައުސޫމު އެއް ކުއްޖެެއްގެ ފުރާނަ އެވެ.
”ޣައްޒާގެ ރައްޔިތުން އިޒްރޭލުން އެ މަރަނީ ބޮންގޮއްވައި، ކާނާ ނުދީ ބަނޑުހައިހޫނު ކަންމަތީގައި. ބޭނުންވާ މިންވަރަށް އިންސާނީ އެހީތެރިކަން ފޯރުކޮށްނުދެވުމުގެ ސަބަބުން އެ ކުދިންގެ ފުރާނަ މި ދުނިޔެއާ އަލްވަދާއު ކިޔަމުން އެ ދަނީ.“ އދ. ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް) އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ޔުނިސެފުން ވަނީ ޣައްޒާގެ ކުޑަކުދިންނަށް ބޭނުންވާ ކާނާއާއި ސާފު ބޯފެނާއި ބޭސްފަރުވާ ފޯރުކޮށްނުދެވޭ ކަމަށް ބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެހެން ހުރިހާ ކަމަކަށްވުރެ ހަނގުރާމަ ހުއްޓާލުން މިހާރު މުހިންމުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ އަދަދު 60,933 އަށް އަރަ އެވެ.




ގުޅުންހުރި
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
ޣައްޒާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ
ފްލޮޓީލާގެ ބޯޓެއް ފަލަސްތީންގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ، ޣައްޒާއާ ވަރަށް ކައިރީގައި
އިޒްރޭލުގެ އިންޒާރުތަކަށް ނުބަލައި ފްލޮޓީލާގެ ގިނަ ބޯޓުތައް އަދިވެސް ދަނީ ޣައްޒާއަށް
ފަލަސްތީނުގެ ފޭރިފައިވާ ބިންތަކުގައި ވިޔަފާރިކުރާ ކުންފުނިތަކުގެ ތެރޭގައި ބުކިން.ކޮމް، އެއާބީއެންބީ!