އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފެށި އިންޓަނޭޝަނަލް ބަންކަރިން ހިދުމަތުން މިހާތަނަށް 10 މިލިއަން ޑޮލަރު ލިބިފައިވާކަމަށާއި އިހަވަންދިއްޕޮޅުން އެކަނި 20000 ޑޮލަރު ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ދައުލަތުގެ މީޑިއާ ޕީއެސްއެމްއާ ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބަންކަރިން ހިދުމަތުން ވަނީ 44.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. ބަންކަރިންގެ ހިދުމަތް ފަށައިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގަ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ބަންކަރިންގެ ހިދުމަތުން ލިބެމުންދާ އާމްދަނީ ކޮންމެ މަހަކު ދަނީ އިތުރުވަމުންނެވެ.
ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން އެންމެ ބޮޑު އާމްދަނީއެއް ލިބެން ފަށައިފައިވަނީ ފެބްރުއަރީ މަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ބަންކަރިންގެ ހިދުމަތުން 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ބަންކަރިންގެ ހިދުމަތުން މިއަހަރުގެ ތެރޭގައި ލިބިފައިވާ އާމްދަނީ:
-ޖެނުވަރީ 10،008،987.54 ރުފިޔާ
– ފެބްރުއަރީ 21،943،908.40 ރުފިޔާ
– މާރިޗު 21،293،722.72 ރުފިޔާ
– އެޕްރީލް 24،139،564.21 ރުފިޔާ
– މޭ 8،040،384.56 ރުފިޔާ
– ޖޫން 13،099،903.56 ރުފިޔާ
– ޖުލައި 13،603،460.78 ރުފިޔާ
އެހެންކަމުން މިއަހަރުގެ ތެރޭގައި ބަންކަރިންގެ ހިދުމަތުން ވަނީ 112.2 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
މިދިޔަ އަހަރުގެ ފަހު ހަތަރު މަސް ހިމަނައިގެން ޖުމްލަ އާމްދަނީ 157 މިލިޔަން ރުފިޔާއަށް ގިނަ ކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށްޓަކައި އެސްޓީއޯއިން ބޭނުން ކުރަމުން ދަނީ 4000 ޓަނުގެ ތެޔޮއުފުލާ ދެ ބޯޓެވެ.
ބަންކަރިންގެ ހިދުމަތް އެންމެ ގިނައިން ފޯރުކޮށްދީފައިވަނީ ކ. އަތޮޅުންނެވެ. މި އަތޮޅުގައި ފޯރުކޮށްދިން ބަންކަރިންގެ ހިދުމަތުން ވަނީ 128.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
ބަންކަރިންގެ ހިނދުމަތް ދިން ސަރަހައްދުތަކުން ލިބުނު އާމްދަނީއަށް ބަލާއިރު އިހަވަންދިއްޕޮޅުން 3،645,348.14 ރުފިޔާ، ނ އަތޮޅު އަދި ވ. އަތޮޅުން 24،663،362.64 ރުފިޔާ ލިބިފައިވެ އެވެ.

ގުޅުންހުރި
އުއްތަމަފަނޑިޔާރު ކަމަށް ގަނީ އައްޔަންކުރައްވައިފި
އެފްއެސްއެމްގެ ހިޔާނާތުގެ ސަބަބުން އެމްޕީއެލްއަށް ލިބުނު ގެއްލުމުގެ ބަދަލު ހިޔާނާތްވި ފަރާތްތަކުގެ
ކުޅުދުއްފުށީގައި ދުވަން ދިޔަ މީހަކު ސްޓޭޑިއަމް ފާހާނާ ތެރޭގައި މަރުވެފަ އޮއްވާ
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ
މެލޭޝިއާ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
ދިޕިކާގެ ރީލްއަކަށް 1.9 ބިލިއަން ވިއުސް! ރޮނާލްޑޯގެ ރެކޯޑް މުގުރާލައިފި