ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ވިއްކި ތެލުގެ މުއާމަލާތުގެ ތެެރޭއިން، އެފްއެސްއެމްގެ މުވައްޒަފުން ހިންގި ހިޔާނާތުގެ ސަބަބުން އެމްޕީއެލްއަށް ގެއްލުނު ތެލުގެ ބަދަލު، ހިޔާނާތްތެރިވި ފަރާތަކުގެ އަތުން ހޯދަން ޕްރޮސިކިއުޓާޖެެނެރަލް (ޕީޖީ) އާއި ކޯޓްތަަކަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން އެގޮތަށް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ.
އެ ހިޔާނާތް އާންމުވެފައިވަނީ އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައިވާ ގޮތުން
އެމްޕީއެލްގެ އޮޕަރޭޝަންތަކަަށް ބޭނުންވާ ޑީސަލް ގަތުމުގެ. މުއާމަލާތްތަކުގެ ތެެރެއިން އެފްއެސްއެމްގެ މުވައްޒިފުންތަކެއް 28 މިލިއަން ރުފިޔާގެ ތެލުގެ ބޮޑު ހިޔާނާތެެއް ވަނީ ހިންގައިފަ އެވެ.
އެކަމުގައި ޝާމިލުވާ މީހުންގެ މައްޗަށް ޝަރީއަތްކޮށް ހުކުމްކޮށްފައިވާއިރު، އެ ހިޔާނާތުގެ މައްސަަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތަހުގީގުކޮށް، އެކުލަވައިލި ރިޕޯޓުގައި ހިމަނައިގެން ކަމާބެހޭ ފަރާތްތަކަށް އަންގަން މިއަދު ވަނީ ރެކޮމެންޑޭޝަންތަކެއް ފާސްކޮށްފައެވެ.
އެގޮތުން އެ މުއާމަލާތުގެ ތެރެއިން އެމްޕީއެލްއިން ގަތް ތެލުގެ ތެރެއިން ބައެއް ގެއްލިފައިވާތީ އެމްޕީއެލްއަށް އެކަމުން ލިބުނު ގެއްލުމުގެ ބަދަލު މި ހިޔާނާތުގައި ބައިެވރިވި ފަރާތްތަކުގެއަތުން ހޯދުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ޕީޖީއަށާއި ކޯޓުތަކަށް އަންގައި، ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓް ފާށްވާތާ ތިން ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން ވަނީ އަންގައިފަ އެވެ.




1 Comment
ގުޅުންހުރި
މީހުން ބަދަލުކުރާ ހިރިމަރަދޫގައި 4 މިލިއަންގެ ޕްރޮޖެކްޓެއް, ފާޑުކިޔާތީ ސަރުކާރުން ރައްދު
ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ