އއ. ރަންފަރު ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
ރަންފަޅަކީ، މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅު ފުއްދުމުގެ ގޮތުން ރައީސް މިއަދު ނެރުއްވި ގަރާރަކުން ވަނީ ރަންފަރު، މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.
މާޅޮހުގެ ބައެއްގެ ގޮތުގައި ރަންފަރު ފަޅު ހަމަޖެއްސެވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.



