އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކޮށް މިއަދު ހުޅުވައިފި އެވެ.
އާޓިފިޝަލް އިންޓެލިޖެންސް ވިޝަން ބޭނުން ކޮށްގެން އޮޕަރޭޓްކުރާ ގޮތަށް އެސްޓީއޯ އިން ހުޅުމާލެ ފޭސް 1 ގައި ސްމާޓް ސްޓޯރެއް ހުޅުވީ 27 ޖުލައި 2023ގަ އެވެ. އެއީ ރާއްޖޭގައި ހުޅުވި އެފަދަ ފުރަތަމަ އަދި ދެކުނު އޭޝިއާގައިވެސް ހެދި އެފަދަ އެންމެ ބޮޑު ފިހާރަ އެވެ.
ނަމަވެސް މި އަހަރުގެ މެއި މަހު ބޭއްވި އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ސްމާޓް ސްޓޯރު ފާމަސީއަކަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށްދާ މީހުންނަށް ހިދުމަތް ދޭނެ ރަނގަޅު ފެންވަރުގެ ފާމަސީއެއް ނެތުމުގެ ޝަކުވާ ލިބެމުންދާތީ އެވެ.
އެސްޓީއޯ އިން ބުނީ، ”އެސްޓީއޯ ފާމަސީ ސެންޓްރަލް“ގެ ނަމުގައި މިއަދު ހުޅުވި ފާމަސީން ވެސް ބޭސް އަދި މެޑިކަލް ކޮންސިއުމަބަލްސްގެ އިތުރުން، ނެޕީ، ކޮސްމެޓިކްސް އަދި ނެބިއުލައިޒާ ފަދަ ތަކެތި ވިއްކުމުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
އަލަށް ހުޅުވި ފާމަސީ ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށެވެ. އަދި ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ހިދުމަތް ލިބިގަތުމަށްޓަކައި ނަގުދު ފައިސާގެ އިތުރުން ކާޑުން ފައިސާ ދެއްކުމުގެ ހިދުމަތާއި އާސަންދަ އަދި އެހެނިހެން އިންޝުއަރެންސް ޕްލޭންތަކުގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.




ގުޅުންހުރި
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި