އަސްހާބު ބޭކަލުންނަށް ބަދުބަސް ބުނާ މީހުންންގެ އަގީދާ ވަނީ ފާސިގުވެފައި ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ ނަބިއްޔާގެ ސަހާބީންނާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ، އަހަރެމެން މަތިވެރިކުރާންޖެހޭނޭ ބަޔެއްކަމެވެ. އެ ބޭކަލުންނަށް އިޙުތިރާމުކޮށް އެ ބޭކަލުންނާ މެދު އަހަރެމެންގެ ހިތްތައް ސާފުކުރާންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ އިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ސަހާބީންނާއި ތާބިއީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީހުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައެއްނުވާ ކަމަށެވެ. އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބައެއްކަމަށް ހުތުބާގައި ބުންޏެވެ.
”އަސްހާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުންނެވެ. އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުންނެވެ. އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަގީދާ ފާސިދުކަމުގެ ދަލީލަކަށް ފުދެ އެވެ. އެ ފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެން ދީނާ ދުރުކުރުވުމެވެ.“ ހުތުބާގައި ބުންޏެވެ.
ސުންނަތް ޖަމާއަތުގެ ޢަގީދާއަކީ އެއީ ކަމަށާއި މިއާ ހިލާފުވަނީ ބާތިލު ފިކުރުތަކުގެ އަހުލުވެރީން ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން މި މަތިވެރި ޢަގީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
އަހަރެމެން ވަތަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަގީދާއަކީ އެއީ ކަމަށާއި އެ އަގޑދާއިން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދިގެންދާނެ ކަމަށް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ:
ބިރުވެރިކަމުގައި އާހިރަތް ދުވަހު އުޅޭނީ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެގެން، ތައްޔާރުވޭ!: