މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށަށް މާލޭގެ ނޯތު ހާބާރުގެ ބާކީ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ހުރިހާ ކަމެއް ބަދަލުކޮށްފައިވާއިރު، އެތަނުން މަސްވެރިންނަށް ފެނާއި ކަރަންޓާއި ބޭނުންވާ އެ ނޫން ވެސް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ރޭ ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްއިން މަސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރިޝްވާން ވިދާޅުވީ އެމްޕީއެލްއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަސްވެރިންގެ ހިޔާލާ އެއްގޮތަށް ނޯތު ހާބަރުގެ ކަންކަން ބަދަލު ކުރުމަށް ކަމަށެވެ. ރިޝްވާން ވިދާޅުވީ، އެމްޕީއެލްގެ މުވައްޒަފުން އެ ސަރަހައްދަށް ގޮސް މަސްވެރިންގެ ޝަކުވާތަކާއި ދިމާވާ ދަތިތަކުގެ ވާހަކަތަށް ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި އަޑުއަހައި، މަސްވެރިންގެ ހިޔާލު ނެގުމަށް ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ހިޔާލުތައް ހޯދުއި، މަސްވެރިންނަށް ހާއްސަ ބަނދަރުގައި ހުރި ދަތިތައް ދެނެގަތުމަށް ފަހު، ކޮންމެވެސް ލުއިތަކެއް ގެންނަން އަންނަ ހަފުތާއިން ފެށިގެން މަސައްކަތް ކުރާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އޭނާ ވިދާޅުވީ ނޯތު ހާބަރު ނަހަމަ ގޮތުގައި ބޭނުން ކުރާ މީހުން ދަނެގަނެ، އެފަދަ ފަރާތްތައް ވެސް ބަނދަރުން ބޭރުކޮށް، މަސްވެރިންނަށް އެ ތަނުން ޖާގަ އެމްޕީއެލްއިން އިތުރުކުރާނެ ކަމަށެވެ.
”އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އޭ ޒޯނަށް ކަރަންޓާއި ފެން ލާފައި އޮތް ގޮތަށް ބަނދަރުގެ އިރުމަތި ފަރާތައް ވެސް ކަރަންޓާ ފެނާ ލައިދެން،“ ރިޝްވާން ވިދާޅުވި އެވެ.
އަދި ނޯތު ހާބަރު ސަރަހައްދުން ތެޔޮ ފަސޭހައިން ލިބޭނެ ގޮތް ހަދައި، އައިސް ވެސް މަސްވެރިންނާށް ފަސޭހައިން ލިބޭނެ ގޮތްތައް އެމްޕީއެލްއިން ހަމަޖައްސައިދޭނެ ކަމަށެވެ.
”ކޮންމެވެސް ފަސޭހަތަކެއް ގެންނަން އަޅުގަނޑުމެން މަސައްކަތްތައް ކޮށްދޭނަން،“ ރިޝްވާން ވިދާޅުވި އެވެ.

ގުޅުންހުރި
ހިފެހެއްޓި ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އެކަން އެނގޭ ބަޔަކު ނެތް،
މާލޭގައި އެމްޕީއެލްގެ ދެ މުވައްޒަފެއްގެ ދެމެދު މާރާމާރީއެއް، އެކެއްގެ ބޯ ފަޅާލައިފި
ކުޅުދުއްފުށީގައި ޔަމަހާ ސާވިސް ސެންޓަރެއް ހަދަން އެމްޕީއެލް އާއި އެލިއާ އެއްބަސްވުމަކަށް
ކުޅުދުއްފުށި ޕޯޓުން އިތުރު މުހިންމު ހިދުމަތްތައް ދޭން ފަށައިފި, ވިޔަފާރިތަކަށް ލުއިވާނެ!
އެމްޕީއެލްގެ ހުޅުމާލޭ ވެއާހައުސްތަކަކަށް ދައްކަންޖެހޭ ކުލިތަކަށް ބަދަލުތަކެއް
ކުޅުދުއްފުށީ ޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އެމްޕީއެލްއާ ހަވާލުކޮށްފި