މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ

މާލެ އާއި ހުޅުމާލެއިން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯ އިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެ އިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާތީ، އެ މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިއީ ތިން މަސް ތެރޭގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ދެވަނަ ފަހަރެވެ. މުޅި މާލެ ސަރަހައްދުން މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހުވެސް ކަރަންޓު ކެނޑުނެވެ.

އެ މައްސަލައާ ގުޅިގެން ހާއްސަ ތަހުގީގެއް ފެށިކަން ފުލުހުން ހާމަކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެކަމުގެ އެއްވެސް ތަފުސީލެއް ލިބިފައެއް ނުވެ އެވެ.