މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ފަރުކޮޅުފުށީގައި ހަދާފައިވާ ”އޮޅުހިޔާ“ އަށް މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެނިމަލް ވެލަފެއާ މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލެ ފޭސް 2 ގައި ހަދާފައިވާ އޮޅު ހިޔާ ފެސިލިޓީއަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާލެ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަ ފޫޓުގެ ބިމެއްގައި ސިޓީ ކައުންސިލުން ހެދި ތަނެކެވެ. އެތަނުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހު ނިންމާފައި ވަނިކޮށް، ކައުންސިލް އަތުން އެތަން އަތުލައި, އެގްރިކަލްޗާ މިނިސްޓްރީއާ ހަވާލުކުރަން ކެބިނެޓުން ނިންމި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން އޭރު ބުނީ، ސިޓީ ކައުންސިލް އަތުން އެތަން އަތުލީ ބައެއް ކަންކަން ފުރިހަމަ ނުވާތީ އާއި ހިދުމަތް ދިނުން ލަސްވާތީ ކަމަށެވެ. އެގޮތުން ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށްފަހު އެތަނާ އެގްރިކަލްޗާ މިނިސްޓްރީން ހަވާލުވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.
އެ ފެސިލިޓީއާ ގުޅޭ މައުލޫމާތު ހޯދުމަށް ނޫހަކުން މިނިސްޓްރީއަށް ހުށަހެޅި އާރުޓީއައިގައި ބުނެފައިވާ ގޮތުގައި އެ މިނިސްޓްރީން އޮޅު ހިޔާއާ ހަވާލުވުމަށްފަހު މިހާތަނަށް 570،695.26 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެއީ އެތަނުގެ މަރާމާތަށާއި މެއިންޓެނަންސްގެ މަސައްކަތްތަކަށް 286،625.78 ރުފިޔާ އަދި ބޭނުންވާ ތަކެތި ހޯދުމަށް 110،930.45 ރުފިޔާ ކަމަށް ބުނެފައިވެ އެވެ.
އޮޅު ހިޔާ ފެސިޓިލީގައި މިހާރު ޖުމުލަ 68 ބުޅާ ގެންގުޅެމުން އަންނައިރު، ”އޮޅުހިޔާ“ އަށް އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މީގެ ކުރީން ވަނީ ވިދާޅުވެފަ އެވެ.
”އަދި ފެސިލިޓީގައި 2000 ބުޅަލަށް މަހަކު ހަތް ލައްކަ ރުފިޔާ ހަރަދުވާނެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ. އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެ. ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް އަހަރަކު 5416 ރުފިޔާ ހަރަދުވާނެ،“ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވަމުން މިދިޔަ މެއި މަހުގެ ތެރޭގައި މާރިޔާ ވިދާޅުވެފައިވެ އެވެ.

ގުޅުންހުރި
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
މުޅި މާލެ ސަރަހައްދުން އަނެއްކާވެސް ކަރަންޓު ކެނޑިއްޖެ
އެސްޓީއޯގެ ބެކް ޓު ސްކޫލް ޕްރޮމޯޝަން ފަށައިފި
ގާޒާ އެއްކޮށް ހިފަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރިކޮށްފި