އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ސަބަބުން ޖަރުމަނުން އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުން އެއްކޮށް ހުއްޓާލަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.
ޖަރުމަނަކީ އިޒްރޭލަށް އެންމެ ބޮޑަށް ތާއީދުކޮށް ދިފާއުކޮށްދޭ ގައުމުތަކުގެ ތެރޭގައި އަބަދުވެސް އޮންނަ ގައުމެކެވެ. ނަމަވެސް ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް މިކަން އިއުލާންކޮށްފައި ވަނީ ޣައްޒާ އެއްކޮށް ހިފުމަށް އިޒްރޭލުގެ ކެބިނެޓުން ނިންމި ފަހުންނެވެ.
މިކަމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ކަމަށް ބުނާ ބެންޖަމިން ނަތަންޔާހު ވަނީ ޖަރުމަނުގެ ސަބަބުން ހަމާސްއަށް ބާރުތަކެއް ލިބިގެންދާނެ ކަމަށް ބުނެ ނިންމުމަށް ފާޑުކިޔައިފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ކަމަށް ބުނާ ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން ވަނީ އިޒްރޭލުގެ ދިފާއީ ބާރުތަކުން ޣައްޒާއަށް އަރައި، އެ ރަށް އެ މީހުންގެ ބާރުގެ ދަށަށް ގެނައުމަށް ނިންމާފައިވާ ކަމަށް ބުނެފައެވެ. މިހާރު ވެސް އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހަދައި ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަން މަތީގައި މަރުވާން ދޫކޮށްލައިފަ އެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި 201 ޣައްޒާގެ ރައްޔިތުން ކާނާ ނުލިބި ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 98 ކުޑަކުދިން ހިމެނެ އެވެ.




ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15
ތޫފާނުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 193 އަށް, 200