ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދި ކަމަށް ތުހުމަތު ކުރެވޭ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
މިދިޔަ އަހަރު ޖޫން މަހުގައި މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް ޑުރަގާއި ފޯނު ވައްދައިގެން 73 މިލިއަނަށްވުރެ ގިނަ ރުފިިޔާ އެކިފަހަރު މަތިން ހޯދި ކަމަށް ތުހުމަތުކޮށް ކަރެކްޝަންސްގެ 18 އޮފިސަރަކު ހައްޔަރުކުރި އެވެ.
ނަމަވެސް އޭގެ ތެރެއިން ދައުވާކުރުމަށް ފޮނުވީ 13 މީހެއްގެ މައްޗަށެވެ. އޭގެތެރެއިން ދައުލަތުން ދައުވާ ކުރަނީ ފަސް މީހެއްގެ މައްޗަށެވެ. ނަމަވެސް މިހާރު މި ފަސް މީހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
މި އެންމެން ސަސްޕެންޝަންގައި ތިބީ މުސާރަ ނުލިބޭ ގޮތަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވާ ގޮތުން މިތަނުން އޮފިސަރެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ޖަމާވެފައިވެ އެވެ. އަދި އަހަރެއްގެ ތެރޭގައި 73.6 މިލިއަން ރުފިޔާ އެ މީހުންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި