ހުޅުމާލޭގައި ބާރު ސްޕީޑުގައި ކާރު ދުއްވައި، ފުލުހުންގެ ސައިކަލެއްގައި ޖައްސައި ފުލުހަކު ޒަހަމްކޮށްލި މައްސަލައިގައި ރޭ ހައްޔަރުކުރި ޒުވާނާ ދޫކޮށްލައިފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ފިލިމާގެ/ އައިކް ހައިޝަމް ހަސަން، 18އ. އެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ހުޅުމާލެގައި ބާރު ސްޕީޑުގައި ދުއްވާފައިދާތީ ކާރު މަޑުކުރަން ބުނުމުން މަޑުނުކޮށް، ބާރު ސްޕީޑުގައި ފޭސް 1 އާއި 2 ގައި ދުއްވަމުން ދިއުމުން ފުލުހުން އެ ކާރު ފަހަތުން ދާން ފެށުމުން ކާރުން ޖައްސައި ފުލުހުންގެ ސައިކަލު ވައްޓާލުމުންނެވެ.
އެ ވަގުތު ފުލުހުންގެ ސައިކަލުގައި ތިބި ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ފުލުހުން މިރޭ ބުނީ، އައިކްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެރޭ ގެންދިޔަ އަންހެން މީހާ އެރޭ ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.




1 Comment
ގުޅުންހުރި
ޝަމްއާން ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކީ ބައްޕަ ދިން ފައިސާއިން ކަމަށްބުނެ
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި