މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި އަދި އެމަޝްރޫއުގައި އިންވެސްޓް ކުރާނެކަން އިއުލާން ކުރެއްވި ފަހުދު ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ ޕްރިންސް ފަހުދު ރާއްޖެ ވަޑައިގަތީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ގެ މަސައްކަތްތަކަށް އެކަމުގައި ހިމެނޭ އެހެން ބޭފުޅުންނާ އެކު ކަމަށް ހަލީލް ވިދާޅުވި އެވެ.
”ފަހަދު އަލް ސައުދަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް އެ ބޭފުޅަކީ. ރާއްޖެއަށް އޭރު ވަޑައިގެންނެވީ ވިޔަފާރިގެ ދަތުރެއްގައި އަމިއްލަ ބައެއް މަސައްކަތް ކުރުމަށް،“ ހަލީލް ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ ސައުދީއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.




4 Comments
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
ސައުދީ ރަސްގެފާނުގެ ފަރާތުން ދޭ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް