ރައްޔިތުންގެ މަޖިލިސް މެދުވެރިނުކޮށް، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، މަޖިލީހަށް ޕެޓިޝަން ހުށަހެޅޭ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށައަޅައިފި އެވެ.
މަޖިލީހަށް ގަވާއިދަށް އެ އިސްލާހު ގެންނަން ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އެ އިސްލާހުގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހަށް އިލެކްޓްރޯނިކް ޕެޓިޝަން ތައާރަފްކުރުމަށްޓަކައި ގަވާއިދުގައި ޕެޓިޝަނާ ގުޅޭގޮތުން ހުރި މާއްދާތަކަށް ގެނެވޭ އިސްލާހެއް ކަމަށެވެ.
އެ އިސްލާހުގެ ސަބަބުން ޕޯޓަލެއް މެދުވެރިކޮށް ޕެޓިޝަން ހުށައެޅުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
”ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޔޫއެންޑީޕީ ގުޅިގެން އީ-ޕެޓިޝަން ޕޯޓަލެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. އޮގަސްޓް މަހުގެ ފަހުކޮޅު ޕޯޓަލް އިފްތިތާޙުކުރުމަށް ތައްޔާރުވަމުންދާއިރު، މިއިސްލާހު މިދައުރު ނިމުމުގެ ކުރިން ފާސްކުރުން މުހިންމު.“ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމު ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލީހަށް ހުށައަޅާ، ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ވެސް ކަނޑައަޅައިފަ އެވެ.
އެ ގޮތުން އެކަށީގެންވާ ރިވެތި އިބާރާތުން ދިވެހި ބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުހަތަބުކޮށް އިބާރަތްކޮށްފައިވުމާއި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަކަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ ޕެޓިޝަން ހުށައަޅައި ފަރާތުން އެއިން ކޮންމެ ގަނޑެއްގައިވެސް ސޮއިކޮށްފައިވުން ހިމެނެއެވެ.
އަދި ޕެޓިޝަންގައި ޕެޓިޝަން ހުށައަޅައި ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމަކީވެސް ޝަރުތެކެވެ. ޕެޓިޝަންގައި ޝަރުތެއް އުނިވާނަމަ، ޕެޓިޝަން ބަލައި ނުގަތުމަށް އިސްލާހުގައިވެ އެވެ.
ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލީހަށް ޕެޓިޝަން ހުށަހެޅޭނީ މެންބަރަކު މެދުވެރިކޮށެވެ.




ގުޅުންހުރި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް
ޖަޕާނުގެ ސަފީރަކަށް މަހުލޫފް އައްޔަންކުރަން ރުހުންދީފި، އެމްޑީޕީގެ މެންބަރުން ވޯޓު ދިން