ޅުމާލޭގެ ހުރިހާ ސަރަހައްދުތަކަކަށް ކަރަންޓްގެ ހިދުމަތް އަލުން ދެވިއްޖެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލެއަށް ކަރަންޓް ދިނުމަށް ކުރި މަސައްކަތްތުން މިހާރު މުޅި ހުޅުމާލެއަށް ކަރަންޓް ދެވިފައިވާނޭކަމަށެވެ. އެގޮތުން މިހާރު މާލޭގެ ގިނަ ސަރަހައްދުތަކަކަށް ކަރަންޓް ދެވިފައިވާއިރު، ނުލިބޭ ސަރަހައްދުތަކަށްވެސް ކަރަންޓް ދިނުމަށް މަސައްކަތްކުރަމުން ދާކަމަށް ސްޓެލްކޯއިން ބުންޏެވެ.
އެގޮތުން 40 ހަކަށް މިނެޓް ތެރޭގައި މުޅި މާލެއަށް ކަރަންޓް ދީ ނިމޭނޭކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މުޅި މާލެ ހިމެނޭހެން ހުޅުމާލެއިން ކަރަންޓްގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު ހެދުނު 09:30 ހައިރުއެވެ. ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ޤައުމީ ކަރަންޓް ކުންފުނި(ސްޓެލްކޯ) އިން ވަނީ ބުނެފައެވެ.



