އޯގަސްޓް 15, 2025

މީހުންގެ އަނބުރަށް އަރައިގަތުމުގެ ފާފަ އާންމުވެއްޖެ، ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވާން ޖެހޭ: ހުތުބާ

މީހުންގެ އަނބުރަށް އަރައިގަތުމުގެ ފާފަ އާންމުވެފައިވާ ކަމަށާއި ވަގުތު ފާއިތުވުމުގެ ކުރިން ތައުބާވާން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އަބުރު ރައްކާތެރިކުރުމަކީ ދީނުގެ މަގުސަދުތަކުގެ ތެރެއިން މަގުސަދެއް ކަމަށް ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނީ އެއް މުސްލިމް އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ހަރްމާވްގެންވާ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައި ފެންނަ އެއް ކަމަކީ އަނބުރަށް އަރައިގަތުން ކަމަށް ހުތުބާގައި ބުންޏެވެ.

ރަސޫލާ ހައްޖަތިލްވަދާއުގެ ހުތުބާޣައި ހަދީސްކުރެއްވި ބަސްފުޅުގައި މާނައިގައިވަނީ ”ހަމަކަށަވަރުން ތިޔައިބައި މީހުންގެ ލެޔާއި މުދަލާއި އަބުރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ. މިއަދު (އެބަހީ އަރަފާތް ދުވަސް) ހުރުމަތްތެރިވި ފަދައިންނެވެ/ މި މައްސަރު (އެބަހީ ޒުލްހިއްޔާ މަސް) ހުރުމަތްތެރިވި ފަދައިންނެވެ. މިރަށް (އެބަހީ މައްކާ) ހުރުމަތްތެރިވީ ފަދައިން“ ކަމަށް ހުތުބާގައި ބުންޏެވެ.

”މިއަދުގެ މުޖުތަމައުގައި އެންމެ އާއްމުވަމުންދާ އެއް ފާފައަކީ މީހުންގެ އަނބުރަށް އަރައިގަތުންކެވެ. ތެދެއް ދޮގެއް ބެލުމެއް ނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނުކުންނާޏެ ނަތީޖާއަކަށް އެންމެ ފަހަރަކު ވެސް ވިސްނައިލުމެއް ނެތި އެވެ“ ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރަސޫލާ ހަދީސް ކުރައްވާފައިވަނީ ”މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު، އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ، މާތް ﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާދިޔައިގައި ވަޒަންވެރިކުރުވާ ހުށްޓެވެ“ ކަމަށެވެ.

ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ އާއިލާތައް ރޫޅި މުޖުތަމައު ބައިބައިވުމުގެ ސަބަބަކަށް އެ ކަންތައްވާ ކަމަށް ހުތުބާގައި ބުންޏެވެ. ހީއެއްގެ މައްޗަށް ނުވަތަ އިވުނު އަޑެއްގެ މައްޗަށް މީހުންގެ އަނބުރު ކަތިލާއިރު އެކަމުގެ ނުރައްކާތެރިކަމާމެެދު ވިސްނައިލިންތޯ ހުތުބާގައި ބުންޏެވެ.

”މީހެއްގެ އަބުރު ކަތިލެވިފައިވާ ނަމަ، އެ މީހެއްގެ ކިބައިން މާފަށް އެދި ހިތްހަލާލު ހޯދާށެވެ. ފައުޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތަށް ނުވަތަ މީހެއްގެ އަބުރަށް އަރައިގަނެވިފައިވާ ނަމަ، ފައުޅުގައި އެކަމަށް މާފަށް އެދި އެކަން އިސްލާހުކުރާށެވެ. ސިއްރިޔާތުގައި މިފަދަ ކަމެއް ކުރެވިފައިވީ ނަމަވެސް މާއަފަށް އެދި ތައުބާވެ ވަގުތު ފާއިތުވުމުގެ ކޔރިން މާޓް ﷲ ގެ މަގަށް ރޫޖުއަވާށެވެ. މީސްމީޑިއާގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ“ ހުތުބާގައި ބުންޏެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ ”ހަމަކަށަވަރުން، އަޅާ ތެދުދޮގު ބެލުމެއް ނެތި ވާހަކަދެއްކުމުގެ ސަބަބުން، މަޝްރިގާއި މައުރިބާ ދެމެދުގެ ދުރުމިނަށްވުރެ ވެސް ފުނަށް، އޭނާ ނަރަކައިގެ ތެރެއަށް ވެއްޓޭ“ ކަމަށެވެ.

ހުތުބާގައި ބުނީ މިޒަމާނަކީ މީސްމިޑިއާގެ ވަސީލަތްތަކަށް ބަރޯސާވެފައިވާ ޒަމާނެއް ކަމަށެވެ. މީސްމީޑިއާގެ ވަސީލަތްތަކުގައި ވައިރޯޅިއެއް ފެތުރިގެންދާވަރަށްވުރެ ހަލުވިކަމާއެކު މައުލޫމާތު ފެތުރިގެންދާ ކަމަށް ހުތުބާގައި ބުންޏެވެ.

”މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހިއްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާކުރާނެ އެއްޗެކެވެ. އެއީ މީހެއްގެ އަބުރު ކަތިލައި ނުވަތަ މީހަކަށް އީބަބުނުން ކަމުގައިވާ ނަމަ އެ އެއްޗެއް ފެތުރޭ ހައި ހިނދަކު އެ ކަކަމުގެ ފާފަ އެ މީހަކަށް ލިބިލިބ ހުންނާނެ“ ހުތުބާގައި ބުންޏެވެ.

އިސްލާމްދީން ގޮވައިލަނީ މީހުންގެ އައިބުތައް ވަންހަނާކުރަން ކަމަށް ހުތުބާގައި ބުންޏެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅުގެ މާނަގައިގައި ވަނީ ”މުސްލިމުންގެ އައިބު ހޯދަން އުޅޭ މީހެއްގެ އައިބު މާތް ﷲ ފައުޅުކުރައްވާނެތެވެ. އެ މީހަކު ގޭގެ އެތެރޭގައި ފިލައި އޮތް ނަމަވެސް މާތް ﷲ އޭނާގެ އައިބު ފާޅުކުރައްވައި ފަލީހަތްކުރައްވާ ހުއްޓެވެ“ ކަމަށް ހުތުބާގައި ބުންޏެވެ.