އިންޑިއާގައި 65 އަހަރުގެ އަންހެނަކު ދެ ފަހަރަށް ރޭޕްކުރި މައްސަލައިގައި އޭނާގެ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން, އެ މައްސަލަ ފެންމަތިވީ އެ އަންހެން މީހާ އާއި އޭނާގެ 25 އަހަރުގެ އަންހެން ދަރިފުޅު ގޮސް ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންނެވެ.
އަންހެން މީހާ ހުށަހެޅި ރިޕޯޓުގައިވާ ގޮތުން އެ އަންހެން މީހާ ދިރިއުޅެމުން އަންނަނީ ފިރިމީހާ އާއި އަންހެން ދަރިއާއި އޭނާ ރޭޕްކުރި 39 އަހަރުގެ ފިރިހެން ދަރިއާއެކުއެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ ސަރުކާރު ވަޒީފާއިން ރިޓަޔާވެފައިވާ މީހެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން, އަންހެން މީހާ ރޭޕްކުރީ އާއިލާ އާއެކު ސައުދީ އަރަބިއާއަށް އުމްރާގެ އަޅުކަމަށް ދިއުމަށްފަހު އޮގަސްޓް އެއްވަނަ ދުވަހު އެނބުރި ނިއު ދެއްލީއަށް ދިއުމުންނެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހާ ބުނި ގޮތުގައި އޭނާގެ މަންމަ ފުރަތަމަ ފަހަރަށް ރޭޕްކުރީ އޭނާގެ ޅައިރު ހަރާބުކޮށްލުމުންނެވެ. އަދި ދެވަނަ ފަހަރަށް ރޭޕްކުރީ މަންމަ ކުރިން ހިންގާފައިވާ ގުޅުންތަކަށް އަދަބު ދިނުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅުންހުރި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ސައިންޓިސްޓަކަށް މަރުގެ އަދަބު ދީފި
ނިކީ މިނާޖުގެ ޗެލެންޖު ހަދަން އުޅެނިކޮށް ވެއްޓި މައިބަދަ ބިނދިއްޖެ!