އއ. މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކުރިތާ 12 ގަޑިއިރު ނުވަނީސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މަތިވެރީގައި އެއާޕޯޓެއް ތަރައްގީކޮށް ހިންގަން ފިނޭންސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ މަތިވެރިއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިންއެވެ.
މި މަޝްރޫއުގެ ދަށުން މަތިވެރީގައި ހަދާ އެއާޕޯޓަށް އިންވެސްޓްކޮށް, ޑިޒައިންކޮށް, ތަރައްގީކޮށް އޮޕަރޭޓް ކުރާނީ އެމްއޭސީއެލް އިންނެވެ. އަދި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު މަތިވެރި ރައްޔިތުންނަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވެ އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަތިވެރި އެއާޕޯޓް މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވާނެކަމުގެ ޔަގީންކަންވެސް މަތިވެރީގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.




15 Comments
ގުޅުންހުރި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ