އޮކްޓޯބަރ 14, 2025

ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި

މާލޭގެ ބޮޑުތަކުރު ފާނުގެ މަގު ހަތަރު ލޭނަށް ތަރައްގީކުރުމުގެ މަސައްކަތައް ރަސްމީފާލަމާ ދިމާއިން ފަޅު ބަންދުކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެެ.

މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭ އުތުރު ފަރާތު ބޮޑު ތަކުރުފާނު މަގު ހަތަރު ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.

އެ ސަރަހައްދުގެ ފަޅުވެސް ވަނީ އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކުރެވިފައިކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، 5 އޮގަސްޓު 19 ވަނަ ދުވަހުން ފެށިގެން މަސައްކަތް ހިނގާ މުއްދަތުގައި އެސަރަހައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުން ނުކުރުމަށް އާންމުކޮށް އަންގާ ކަމަށް މިނިސްޓްރީން ބުންޏެވެ.

2 Comments

  • Ram Eez އޯގަސްޓް 20, 2025

    ފަޅު ތޭރޭގަޔާ އެއްކޮންތަ ތާރު އަޅަނީ މިފަހަރު

  • Hussain Be އޯގަސްޓް 21, 2025

    Ey run mas nubeynuniema muxaa haraan kuran bodu faalan falhuthere ah masverin nah nuvadhe veyne dhen dhaan jeheynie hulhumale ah ehgoiy nethiyaa anehgoiy onnaane

Leave a Reply