ޕްރައިވެޓް ބައެއް ސެކްޓާތަކުގައި އަދި ދައުލަތުގެ ބައެއް މުއައްސާތަކުގައި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ހައިސިއްޔަތުން ބައެއް މީހުން ލައިސެންސް ނެތި މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
އެގޮތަށް މިނިސްޓްރީން ބުނީ މިމަހު 13 ވަނަ ދުވަހުކުރި އިއުލާނެއްގަ އެވެ.
އެ އިއުލާނުގައި މިނިސްޓްރީން ބުނީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ ދަފުތަރުގައި ރަޖިސްޓަރީވެ، އަދާހަމަ ލައިސެންސް ނެތި ބައެއް ނަރުހުން މަސައްކަތްކުރަމުން ގެންދާކަން ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި އަދާހަމަ ލައިސެންސެއް ނެތި ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ލައިސެންސް ނެތް މީހުން ނާސިން އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީ ކުރުމާއި، ލައިސަންސް އާ ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.



