ފާއިތުވި ތިން އަހަރުގެ ތެރޭގައި ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައިވާ ޑޮކިއުމެންޓަކުން އެނގިއްޖެއެވެ.
މި ބޮޑު ހަރަދު ކުރެވިފައިވަނީ، ސިފައިންގެ ހޮސްޕިޓަލް ސެނަހިޔާ އަދި ފުލުހުންގެ ބޭސްފަރުވާގެ ނިޒާމު ނޫސަންދަ އާއި، ސިފައިންނާއި ފުލުހުން ރާއްޖެ އިން ބޭރުގައި ކުރާ ބޭސްފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށެވެ.
ކޮމިޓީއަށް ހުށަހެޅިފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، މި ހަރަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
މިދިޔަ ތިން އަހަރުގެ ތެރޭގައި ސިފައިންގެ ބޭސްފަރުވާއަށް ޖުމްލަ 324 މިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ. މި އަދަދުގެ ތެރެއިން 80 ޕަސެންޓު ހޭދަކުރެވިފައިވަނީ ސިފައިންގެ އާއިލާތަކުގެ ބޭސްފަރުވާއަށެވެ. އެއީ 260 މިލިއަން ރުފިޔާއެވެ.
އޭގެ ތެރެއިން ރާއްޖޭގައި ސިފައިންގެ އާއިލާތަކަށް ކުރި ބޭސްފަރުވާގެ ހަރަދު 253 މިލިއަން ރުފިޔާއަށް އަރާއިރު، ބާކީ ހަތް މިލިއަން ރުފިޔާ ހޭދަކުރެވިފައިވަނީ ރާއްޖެ އިން ބޭރުގައި ކުރި ބޭސްފަރުވާއަށެވެ.
ސިފައިންގެ ބޭސްފަރުވާގެ ހަރަދު 2021 ވަނަ އަހަރު ހުރީ 77 މިލިއަން ރުފިޔާގައެވެ. ނަމަވެސް 2023 ވަނަ އަހަރަށް އައި އިރު އެ އަދަދު ވަނީ ގާތްގަނޑަކަށް 80 ޕަސެންޓު އިތުރުވެފައެވެ. 2023 ވަނަ އަހަރު ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ސިއްހީ ފަރުވާއަށް ކުރި ހޭދަ 142 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އަދި ހަމަ އެ އަހަރު ސިފައިންގެ ބޭސްފަރުވާއަށް ކުރި ހޭދަ ވަނީ ބަޖެޓު ކުރި އަދަދަށް ވުރެ 35 ޕަސެންޓު އިތުރުވެފައެވެ.
ފުލުހުންގެ ބޭސްފަރުވާއަށް މިދިޔަ ތިން އަހަރު 465 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އޭގެ ތެރެއިން 341 މިލިއަން ރުފިޔާ ހޭދަކުރެވިފައިވަނީ ރާއްޖޭގައި ކުރި ބޭސްފަރުވާއަށެވެ.




11 Comments
ގުޅުންހުރި
ސީޕީ ނަވީނާއި އިސް އޮފިސަރުންތަކެއް ސަސްޕެންޑްކުރަން ހުށަހަޅަނީ
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ
ހުޅުމާލޭ ފަޅުގައި އޮތް އުޅަނދެއްގައި ރޯވެ އަނދަނީ
ޑްރަގު ބޯޓުން ފެނުނީ 58.6 ކިލޯގެ ހެރޮއިން އާއި 355.9 ކިލޯގެ
ފަރެސްމާތޮޑާ ބޯޓެއް އަޑިއަށް، އެއްވެސް މުދަލެއް ސަލާމަތެއް ނުވި!
ވަރުގަދަ އަސްކަރީ ބާރެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ވާޖިބެއް: ރައީސް