އިސްލާމީ އުންމަތް ބަލިކަށިވެފައިމިވަނީ އިސްލާމީ ތައުލީމާއި އިސްލާމީ ޝަރީއަތާ ދުރަށް ދިޔުމުގެ ސަބަބުން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނީ މުސްލިމުން އިސްލާމީ ޝަރީއަތުގައި ސާބިތުވެ އެއްބައިވަންތަކަންމަތީ ތިބި އިރު، އިސްލާމީ އުންމަތަކީ އާރާއި ބާރުހުރި އިއްޒަތްތެރި އުންމަތެއް ކަމަށެވެ.
”މިއަދު މުސްލިމުން ބައިބައިވެ ބާރުނެތި ދުޝްމަނުންގެ ކުރިމަތީގައި ނިކަމެތިވުމުގެ ސަބަބަކީ އިސްލާމީ ތައުލީމާ ދުރުވެ، އިސްލާމީ ޝަރީއަތާ ބީރައްޓެހިވުމެވެ. އުންމަތުގެ އިއްޒަތާއި ގަދަރު އަނބުރައި ލިބޭނީ، ﷲގެ މަގަށް މީސްތަކުން އެނބުރުމުންނެވެ“ ހުތުބާގައި ބުންޏެވެ.
މިއަދު އިސްލާމީ އުންމަތަށް ހުޅުވިފައިވާ އެންމެ ފަހި ފުރުސަތަކީ، މުސްލިމް ޒުވާނުން، އިސްލާމްދީނާއި އިސްލާމީ ޝަރީއަތާ ގާތްކުރުމަށް ހުޅުވައިލެވިފައިވާ ފަހި ފުރުސަތު ކަމަށް ހުތުބާގައި ބުންޏެވެ. އިސްލާމީ ޝަރީއަތުގެ ރިވެތިކަމާއި، ފުރިހަމަކަމާ މެދު އެ ޒުވާނުން ހޭލުންތެރިކުރުމުގެ ފަހި ފުރުސަތު ކަމަށާއި އިސްލާމީ ޝަރީއަތުގެ ރިވެތިކަމާއި، ފުރިހަމަކަމަށް ބީރައްޓެހިވުމުގެ ސަބަބުން، އަގީދާދާއާއި، އީމާންތެރިކަމުގެ ހަގީގީ ރޫޙާ ދުރު މަގުތަކަށް، ބައެއް ޒުވާނުން ކަސިޔާރުވާ ކަމަށް ހުތުބާގައި ބުންޏެވެ.
”މިއީ ފަރުދީ ގޮތުން ކޮންމެ މުސްލިމަކު ވެސް، އުންމަތަށް ޓަކައި އަދާކޮށްދޭން ޖެހޭ ވާޖިބެކެވެ. ޝައްކެއްނެތެވެ. ދުނިޔެއާއި އާހިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހައި ކަމެއް ބައްޓަންކޮށްގެންނެވެ.“ ހުތުބާގައި ބުންޏެވެ.
އިންސާނީ ނަސްލު ދުނިޔޭގައި ލެއްވެވީ އެއްވެސް މަގުސަދެއް ނެތި، ބޭކާރު ގޮތެއްގައި ނޫން ކަމަށް ހުތުބާގައި ބުންޏެވެ. ކޮންމެ ހާލެއްގައި ވެސް އިންސާނާއަށް އެންމެ މަސްލަހަތު ހުރި ގޮތް އެންމެ މޮޅަށް ދެނެ ވޮޑިގެންވަނީ، އެ އިންސާނާ ހަލްގުކުރެއްވި ހާލިގުވަންތަ ﷲ އަށް ކަމަށް ހުތުބާގައި ބުންޏެވެ.




ގުޅުންހުރި
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާނެ ކަމެއް: ހުތުބާ
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
މިއީ މަތިވެރި ދަރުމަ ލިބުމުގެ އިތުރަށް ރޯދައަށް ތައްޔާރުވާންވީ މަސް: ހުތުބާ
އިސްރާއާއި މިއުރާޖުގެ ދަތުރުފުޅުން އެނގެނީ ކޮންމެ އުދަނގޫ ކަމަކާއެކު ފަސޭހަކަމެއް ވާނޭކަން
ދަރީން ނަމާދަށް އަހުލުވެރިކުރުވަން އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ވެސް ފާފަވެރިވާނެ އެވެ.
އެމީހަކު ބޭނުން މައުލޫއެއްގައި ބޭނުން ހުތުބާއެއް ކިޔާ ނަމަ، ހަމަނުޖެހުން އުފެދިދާނެ: