ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ، ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މި ހައްޔަރުކުރުމާއެކު، ފާއިތުވި އަހަރުތަކުގައި އެ ގައުމުން ހައްޔަރުކުރި އެންމެ މަތީ ސިޔާސީ ބޭފުޅާއަށް ރަނިލް ވަނީ ވެގެންގޮސްފަ އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި ލަންކާގެ ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ރަނިލް ހައްޔަރުކުރީ، އެމަނިކުފާނު ރައީސްކަން ކުރެއްވި ދުވަސްވަރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ހާއްސަ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ފަހު ކަމަށެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަފުޅަށް ލަންޑަނަށް ކުރެއްވި ދަތުރަކަށް ދައުލަތުގެ ފައިސާ ބޭނުންކުރެއްވި ކަމުގެ ތުހުމަތު ރަނިލްގެ މައްޗަށް ކުރެވެއެވެ.
މި ދަތުރަކީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށާއި، އެއީ ސަރުކާރުގެ ވަސީލަތްތަކުން ހަރަދުކޮށްގެން ކުރި ދަތުރެއް ކަމަށް މި މައްސަލަ ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން، ދަތުރު އިންތިޒާމު ކުރުމުގައި ބައިވެރިވި ކަމަށް ބުނެ، މި މަހުގެ ކުރީކޮޅު ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާ އާ ވެސް ވަނީ ސުވާލުކޮށްފައެވެ.
ރަނިލް ވިކްރަމަސިންހަ އަކީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ސްރީލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.




ގުޅުންހުރި
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި
ދިވެހި ސަރުކާރުން ދޭ 50،000 ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފި
”ސިލޯނާއެކު ދިވެހިން“: 29 ގަޑިއިރު ތެރޭ 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ!
”ސިލޯނާއެކު ދިވެހިން“ ފަންޑަށް އެސްޓީއޯ ގްރޫޕުން 250،000 ރުފިޔާ
”ސިލޯނާއެކު ދިވެހިން“ ފަންޑަށް ސްޓެލްކޯއިން 250،000 ރުފިޔާ
ސަން ސިޔާމްގެ ފަރާތުން ލަންކާއަށް ދެ ލައްކަ ޑޮލަރު