އިންޑިއާގެ މުމްބާއީއަށް ދިޔަ ރޭލެއްގެ ފާހާނާ ތެރެއިން މަރުވެފައި އޮތް ހަތަރު އަހަރުގެ ކުއްޖަކު ފެނިއްޖެ އެވެ.
އެ ކުއްޖާ ފެނުނީ އުއްތަރަ ޕްރަދޭޝްގެ ގޮރާކްޕޫރާއި މުމްބާއީގެ ލޮމްމަންޔާ ޓިލަކް ޓާމިނަސްއާ ދެމެދު ދަތުރުކުރާ ކުޝިނަގަރު އެކްސްޕްރެސްގެ ރޭލެއްގެ ފާހާނާ ޑަސްބިން ތެރެއިންނެވެ.
ސެންޓްރަލް ރެއިލްވޭގެ ތަރުޖަމާނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުން އެ ކުއްޖާ ފެނުނީ މުމްބާއީއަށް ރޭލު ކައިރި ކުރުމުން, އޭގެ އެތެރެ ސާފުކުރަން އެރި މުވައްޒަފުންނަށެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާއިރު, އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ތަހުގީގުގެ ތެރެއިން ރޭލު ސްޓޭޝަންތަކުގެ ސީސީޓީވީ ފުޓޭޖުތައް ދަނީ ބަލަމުންނެވެ.



