ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ދީފި އެވެ.
ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖާއި ލިޔުން އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހަނދާނީ ފިލަ އާއި ހަނދާނީ ލިޔުން ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިއަދުގެ ޖަލްސާގައި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތްވަނީ އެއް ބޭފުޅަކަށް އަރުވައިފައެވެ. އެއީ ހއ. އުތީމު، އަލިމަސްގެ އާދަމް އަބްދުއްރަހްމާންއެވެ.
ޝަރަފުގެ އިނާމު ލިބުނު ފަރާތްތައް:
- އިސްލާމް ދީނަށް ހިދުމަތްކުރުމުގެ ދާއިރާ – އައްޝައިހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހް އިސްމާއިލް)
- އިމާރާތްކުުރުމުގެ ދާއިރާއިން – މުހައްމަދު މައުރޫފް ޖަމީލް
- ޕާފޯމިން އާޓްސް – މުހައްމަދު މާޖިދު (މެޒޯ މުހައްމަދު)



