ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން މިދިޔަ އަހަރު، 143 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ އެމީހުންގެ ވަޒަންވެރި ގައުމުތަކަށް ފޮނުވާފައިވާ ކަމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހާމަކޮށްފި އެވެ. މި އަދަދަކީ 2023 ވަނަ އަހަރާ އަޅާބަލާއިރު 59 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްއޭއިން ނެރެފައިވާ މިދިޔަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، 2023 ވަނަ އަހަރު، ރާއްޖޭގައި ހިންގާ ބޭންކުތަކުގެ އިތުރުން، ޕޭމަންޓް ހިދުމަތްދޭ ތިން ތަނެއް މެދުވެރިކޮށް، ޖުމްލަ 1.2 މިލިއަން ރެމިޓެންސް މުއާމަލާތް ހިންގާފައިވެ އެވެ. މި މުއާމަލާތްތަކުގެ ޖުމްލަ އަގު 13.2 ބިލިއަން ޑޮލަރަށް އަރާއިރު، އޭގެތެރެއިން 5.8 ބިލިއަން ޑޮލަރު ނުވަތަ 13 ޕަސެންޓަކީ އިންވަޑް ރެމިޓެންސް ނުވަތަ ބޭރު ގައުމުތަކުން ރާއްޖެއަށް ފޮނުވި ފައިސާ އެވެ.
ބާކީ 87 ޕަސެންޓަށްވާ 7.4 ބިލިއަން ޑޮލަރަކީ، މިދިޔަ އަހަރު ރާއްޖޭން ބޭރަށް ފޮނުވި ޖުމްލަ އަދަދު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ނިސްބަތަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިން ބޭރަށް ފޮނުވި ޖުމްލަ 143.5 މިލިއަން ޑޮލަރަކީ، 2023 ވަނަ އަހަރާ އަޅާބަލާއިރު 59 ޕަސެންޓުގެ އިތުރުވުމެކެވެ.
ބިދޭސީންގެ އިތުރުން ދިވެހިން ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ އަދަދު ވެސް އަހަރެއްގެ ތެރޭގައި އަށް ޕަސެންޓު އިތުރުވެ، 11.9 މިލިއަން ޑޮލަރަށް އަރާކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިދިޔަ އަހަރު ވެސް ރާއްޖޭން ބޭރަށް އެންމެ ގިނަ އަދަކަކަށް ފައިސާ ފޮނުވާފައިވަނީ ބަންގްލަދޭޝް މީހުންނެވެ. މިގޮތުން، ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖޭން ބޭރަށް ފޮނުވި 112 މިލިއަން ޑޮލަރަކީ، ބިދޭސީން ބޭރަށް ފޮނުވި ޖުމްލަ އަދަދުގެ 72 ޕަސެންޓެވެ. މި ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ އިގްތިސާދަށް ބިދޭސީ މަސައްކަތްތެރިންގެ މުހިންމުކަމާއި، އަދި އެ ފައިސާ އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ ސަބަބުން ރާއްޖޭގެ ޑޮލަރުގެ ރިޒާވަށް އަންނަ ބަދަލުތަކެވެ.

ގުޅުންހުރި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
އިގްތިސޯދު ދައުރުވާ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މަދުވެއްޖެ: އެމްއެމްއޭ
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައިފި
ނުދައްކާހުރި ބިދޭސީންގެ ފީތަކުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ލިބިއްޖެ
އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް
ގާފަރުގައި ބިދޭސީއެއްގެ ބުރަކައްޓަށް ވަޅި ހަރައި ޒަހަމްކޮށްލައިފި