ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދު މޫދާ ކައިރިންނެވެ. އަދި އެ މީހާގެ ހަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ކުނިވެފަ އެވެ.



