ޔަހޫދީ އިޒްރޭލުން ޣައްޒާގެ ދެކުނުގައި ހުންނަ ނަސީރު ހޮސްޕިޓަލަށް ބޮން އަޅައި، 21 މީހުން ޝަހީދުކޮށްލައިފި އެވެ.
އެ ހަމަލާގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި އަލް ޖަޒީރާ، ދަ ރޮއިޓާސް އަދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި މަސައްކަތް ކުރާ ހަ ނޫސްވެރިއަކާއި މެޑިކުންނާއި މީހުން ސަލާމަތް ކުރުމުގައި މަސައްކަތް ކުރަމުންދިޔަ މީހުން ހިމެނެ އެވެ.
މިއީ އިޒްރޭލުން ޣައްޒާގައި ހިންގަމުން އަންނަ ނަސްލު ނައްތާލުމުގެ އޮޕަރޭޝަންގައި ހޮސްޕިޓަލްތަކަށާއި ނޫސްވެރިންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލަ އެވެ.
ހޮސްޕިޓަލަށާއި ނޫސްވެރިންނަށް އިޒްރޭލުން ހަމަލާ ދިން މަންޒަރު ވަގުތުން ދުރަށް ދައްކަމުންދިޔަ ޓީވީ ޗެނަލަކަށް އަރާފައިވެ އެވެ.
މި ހަމަލާއާ ގުޅިގެން ރޮއިޓާސްގެ މީޑިއާ އޮފީހުން ނެރެފައިވާ ބަޔާނެއްގައި މި ރަހުމުކުޑަ ހަމަލާގެ ޒިންމާ، އެމެރިކާ، ޔޫކޭ، ޖަރުމަނުން އަދި ފްރާންސުން ނަގަން ޖެހޭނެ ކަމަށެވެ.




ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި