ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، އޭގެން ދަތުރުކުރި އެކަކު މަރުވެއްޖެ އެވެ.
’ލިއޯ‘ ނަމަކަށް ކިޔާ އެ ދޯނި ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލީ މާލެ ދަތުރު ކުރަމުން ދަނިކޮށް މިރޭ 10:00 ޖަހާކަންހާއިރެވެ. ދޯނި ބަންޑުން ޖަހާލި އިރު އޭގައި ހަ މީހުން ތިބި އިރު، އެކަކު ގެއްލުނެވެ.
އެނގިފައިވާ ގޮތުގައި ގެއްލުނު މީހާ މަރުވީ އޭނާ ފެނިގެން ތުލުސްދޫ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.



