ފުވައްމުލަކަށް ނިސްބަތްވާ ފިރިހެނަކު ގެއްލިގެން އުޅޭތީ، އޭނާ ހޯދުމުގައި އާންމުންގެ އެހީއަށް ފުލުހުން އެދިއްޖެ އެވެ.
ގެއްލިގެން ހޯދަނީ މަސީހު އަބްދުލް ހަކީމް (41އ) ދޫޑިގަން. ފަސީހްއާބާދު / ޏ.ފުވައްމުލައް އެވެ.
ފުލުހުން ބުނީ، މަސީހުގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން އެކަން ފުލުހަށް އެންގީ މިމަހުގެ 25 ގައި ކަމަށެެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މަސީހު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަސީހުއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.



