ރައްޔިތުން މަޖިލީހަށް މިއަދު ބަލައިގަތް ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާ ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީ މުޒާހަރާކުރި ހަތަރު ނޫސްވެރިއަކު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.
އެ ހަތަރު ނޫސްވެރިން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހު އިރުކޮޅެއް ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
މީޑިއާ ކޮންޓްރޯލް ކުރުމާ ބިލާ ދެކޮޅަށް އަދިވެސް ނޫސްވެރިން ދަނީ ރައީސް އޮފީސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.
އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.



