ބައެއް ނޫސްވެރިން އުލުބައިންދަން ޖެހޭނެ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަވަން ބޭނުންނުވާ ކަމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގައި ނޫސްވެރިންނާ ބައްދަލުވުމުގެ ތެރެއިން ފަލާހުގެ އެ ވާހަކަތަކާ ގުޅިގެން ހަލީލު ދެކެވަޑައިގަންނަވަނީ ކޮން ގޮތައްކަތޯ ނޫސްވެރިންވަނީ ސުވާލު ކޮށްފައެވެ.
ނަމަވެސް ހަލީލު ވިދާޅުވީއެ ސުވާލަށް ޖަވާބު ދެއްވަން ބޭނުންފުޅުނުވާ ކަމަށެވެ. އެއްވެސް ރައްޔިތަކާ ދިމާލަށް ބޭއިންސާފުން ވާހަކަދެއްކުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ހަލީލް ވިދާޅުވި އެވެ.
އަޅުގަނޑު މި ދަންނަވަނީ [މަޖިލީހުގައި] އެތާނގައި ދެއްކި ވާހަކައަކަށް އަޅުގަނޑު އެއްޗެއް ބުނާކަށް ނެތީމޭ،
މިނިސްޓަރު އަސްވާޑް ވިދާޅުވީ ފަލާހުގެ ވާހަކަތަށް ޖަވާބުދާރީވަނީ ޕީއެންސީން އެކަމަށް ކަނޑައަޅާފައި ތިބޭ ބައެއް ކަމަށެވެ.
”އަޅުގަނޑެއް ނޫނޭ އެ ވާހަކަ ދެއްކީ. ޕާޓީގައި ހުންނާނެ ހަމަޖެހިފައި ހުންނަ ބޭފުޅުން ސްޕޯކްސް ޕާސަނުންނާ އެއްޗެހި [އެވާހަކައަށް ޖަވާބުދޭން]“ އަސްވާޑު ވިދާޅުވި އެވެ.

7 Comments
ގުޅުންހުރި
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
ގައުމުދެކެ ލޯބިވާނަމަ އެމްޑީޕީގެ އެއްވުމަކަށް ނުދާނެ: ފަލާހު
ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރާކަށް ނޫޅެން: ރައީސް
މީޑިއާ ފެންޑާ ތަޅާލައިފި
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދިގެއް ނުކުރާނެ، ނަމަވެސް މަޖިލީހުގެ ދައުރު ކުރުވެ އަޅުގަނޑު