އއ. މާޅޮހުގައި މިދިޔަ މަހު މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަހުމަދު އާޝިދުގެ ބަންދަށް އިތުރު 30 ދުވަސް މިދިޔަ އަންގާރަ ދުވަހު އިތުރުކޮށްފި އެވެ.
އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގައި އާޝިދުގެ އިތުރުން ދެން ހައްޔަރު ކޮށްފައިވަނީ މުހައްމަދު ވިޝާމް، 22 އަހަރު، އަހުމަދު ފާރިސް، 27 އަހަރެވެ.
އެ ތިން މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން ވިޝާމް އާއި ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރިއެވެ. އާޝިދުގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖެހިއެވެ.
އާޝިދުގެ ބަންދުގެ މުއްދަތު ހަމަވުމާއެކު އިއްޔެ އަނެއްކާ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައި ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން ގޭގައި ވަރުގަދަ ޒަހަމްތަކާއެކު މަރާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާއަށެވެ.




ގުޅުންހުރި
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
އަބްދުއްރަހުމާން މަރާލި މައްސަލައިގައި ތިން މީހުންނަށް ދައުވާކޮށްފި
މޫސަ މަރާލި މައްސަލަ: މުހައްމަދު އިބްރާހީމްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
ކުރިން ބުނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް، މިހާރު